”ރަށްވެހި އާސާރު“ ގައި ހުރި އާސާރީ އެއްޗިހި
ތިރީގައި މިވަނީ ޒުވާން މަސްވެރިޔާ ހދ. ކުޅުދުއްފުއްޓަށް ކުރި ދަތުރުގައި, އެރަށުގައި ހުންނަ “ރަށްވެހި އާސާރު” އަށް ކުރި ޒިޔާރަތުގައި އެދާރުލްއާސާރުން ފާހަގަ ކުރެވުނު ބައެއް އާސާރީ ތަކެއްޗެވެ.
ސީނުތަށި
ތާރަ
މިއުޒިކު ކުޅެން ބޭނުންކުރި އެއްޗެއް.
ސަރަކަ
ނަނު އަދި ރޮދި އަޅަން ބޭނުންކުރާ އެއްޗެއް
ްސަރަކައިން ނަނު އޮޅާއިރު ރޮދި އަޅުވަން ބޭނުންކުރާ އެއްޗެއ
ނަކަތް ކަލަންޑަރު
އިހުގެ ކަންވެރިން ނަކަތްބަލަން ގެންގުޅުނު އެއްޗެއް.
މަޑި، ވާ، އަދި ބާޒު
ގުޑީގެ އެކި ވައްތަރުތައް
ގިޔޯގަނޑު
ބުމަ ކަނދު
ގިރުނބާ
މުގުރު
ފޮށި
ބޮޑުން ކުޑަޔަށް:
- ބަންގާޅު ބޮޑު ފޮށި (އެއްޗެހި ރައްކާކުރުމަށް ގޭތެރޭގައި ބަހައްޓާފައި ހުންނަ ފޮށި)
- ބަންގާޅު ފޮށި (އެއްޗެހި ރައްކާކުރުމަށް ގޭތެރޭގައި ބަހައްޓާފައި ހުންނަ ފޮށި)
- އަތްމަތި ފޮށި/ދަތުރު ފޮށި (ދަތުރުކުރާއިރު އަންނައުނު ފަދަ ތަކެތި އުފުލުމަށް ބޭނުންކުރި ފޮއްޓެއް)
- ކަފޭރާ ފޮށި (ކުދި ކުދި ހަރުމުދާ ރައްކާކުރުމަށް ބޭނުންކުރި ފޮއްޓެއް)
ދުރުމި
ބޮޑު އުޅާބައި
ބޮޅު ފައްޓަރު
ކަންފަތުލާ މުދި
ގޮށް ފައްޓަރުބައި
ފައްޓަރުބައި
ބުއްފުޅި
ރިހި ރުފިޔާ އާއި ލޯ ލާރި
ރިހި ރުފިޔާ އާއި ގިލަފަތީގައި ހުންނަ ފޮތި
ފިރިހެން އުޅާ
ކަށިމުއް ފިޔޮހި
ތިންފަޅި އަނދަގޮނޑި
ކުރީ ޒަމާނުއްސުރެ ދިވެހިންގެ އެކި ބޭނުންތަކަށް ދިވެހިން އަމިއްލައަށް ފަރުމާކޮށް ބޭނުންކުރި ވަޅީގެ ބާަވަތްތައް.
ރުނބާ
ހަނޑަސް
(މ) ގުދު ހަނޑަސް
(ވ) ހަނޑަސް
ކަނބުރުވެރިން ގިރުނބާ އުނދުނަށް އެއްޗެހި ލައި ނެގުމަށް ބޭނުންކުރި އެއްޗެއް.
މުށި
އޮޑިހަނު
ބޭސްވެރިން ބޭސްހަދާއިރު, ބޭސް ގޭނުމަށް ބޭނުންކުރި އެއްޗެއް.
ނަގިލި
ކުރީގައި ދޯނި ފަހަރު ބަނދަރުގައި އަޅާން މުރަކައިން ހަދާފައިވާ ނަގިއްޔެއް.
ކުޑަކުދިން ލާ ކޮށި
ކުޑަކުދިން ރައްކާތެރިކަމާއިއެކު އެއްތަނެއްގައި ބޭންދުމަށް ލާއުޅުނު ކޮށި
ކުޑަކުދިން ހިނގަން ދަސްކޮށްދޭން ބޭނުންކުރި އެއްޗެއް
އަވަހާރަ ގޮނޑި
މާބަނޑުމީހުންނާއި އިށީނދެގެން ނީނދެވޭ ބަލިމީހުން ފާހަނާކުރުމަށް ބޭނުންކުރި އެއްޗެއް.
ސަމުގާ
އޮޑިދޯނިފަހަރު ދުއްވުމުގައި މިސްރާބު ބެލުމަށް ބޭނުންނުރާ އާލާތެއް.
ތަރާފައި
ކެއްކުމަށް ތެއްޔެއްގެ ގޮތުގައި ބޭނުންކުރި އެއްޗެއް.
ލޮއި ފުފޭ
ބަތާއި ގަރުދިޔަ ކަހަލަ އެއްހި ކެއްކުމަށް ބޭނުންކުރި އެއްޗެއް.
މުށި ފުފޭ
ބަތާއި ގަރުދިޔަ ކަހަލަ އެއްހި ކެއްކުމަށް ބޭނުންކުރި އެއްޗެއް.
ދަމާ ފަންކާ
ސިއްކަ
ނާޅިއާއި ލާހި ފަދަ އެއްޗެހީގައި، އެ އެއްޗިއްސަކީ ސަރުކާރުން ކަނޑައަޅާފައިވާ މިނެކިރުމުގެ މިންގަނޑަށް ފެތޭ އެއްޗެއްކަން އެންގުމަށް ޖަހާ ނިޝާން.
ލާހި
މިނެކިރުމަށް ބޭނުންކުރި އެއްޗެއް
ނާޅި
މިނެކިރުމަށް ބޭނުންކުރި އެއްޗެއް
ތެޔޮމިނާ ކުރާ
ދިޔާއެއްޗެއްހި މިނަން ބޭނުންކުރި އެއްޗެއް
އޯބު، އަޑުބަ އަދި ބާގަ
(މ) އޯބު
(ވ) އަޑުބަ
(ކ) ބާގަ
ރިހާކުރު، ދިޔާހަކުރު ފަދަ އެއްޗެހި މިނެކިރުމަށް ބޭނުންކުރި އެއްޗިހި.
ހިއްތަކަފުށް ދަމާ ނާށި
ސައި ކައްކާ ކުރާ
ރޮށިދަމާ ފިލާގަނޑު
މުށި ކޫދު
ރިހާކުރާއި ދިޔާހަކުރު ކަހަލަ އެއްޗެހި އަޅާ ރައްކާކުރުމަށް ބޭނުންކުރި އެއްޗެއް.
ރާތާ ގާބަރި
މިނެ ކިރަން ބޭނުންކުރި އެއްޗެއް
ކިލޯގާ
މިނެ ކިރަން ބޭނުންކުރި އެއްޗެއް
ދުންދަނޑި ޖަހަން ބޭނުންކުރި އެއްޗެއް
ކުރީގައި ސަލަވާތްފާތިހާ ކިޔަވާއިރު ދުންދަނޑި ޖަހަން ބޭނުންކުރި އެއްޗެއް.
ލޯ ތަބަށް
ދުފާ އެއްހި އަޅާ އެއްޗެއް.
ލޯ ދޮލަނގު
ހަނޑުހޮވުން ފަދަ ކަންކަމަށް ބޭނުންކުރި އެއްޗެއް
ރަނގަބީލު
ބިލެއް މަލާފަތް
ދުފާ އެއްޗެހި އެޅުމަށް ބޭނުންކުރި އެއްޗެއް. ނަމަވެސް ބައެއް ފަހަރަށް ބޭސްހެދުމަށް ބޭނުންކުރާ އެއްޗެހި ރައްކާކުރުމަށްވެސް ބިލެއް މަލާފަތް ބޭނުންކުރޭ.
ތަވައެއްގޮތަށް ބޭނުންކުރި އެއްޗެއް
ދިގު ބައްތި
މިއީ ކަރާސީނު އަޅައިގެން ދިއްލާ ބައްތިއެއް.
ބޮޑުމަސް
ކަންވެރިން ނަކަތާއި ސާއަތް ބެލުމަށް ބޭނުންކުރި އެއްޗެއް.
ބިލެއް ތަޅާ ވަން
ފިރޯށި
އުއި އޮޅަން ބޭނުންކުރާ އެއްޗެއް
އިސްތިރި
(ކ) އަލިފާން އިސްތިރި
(ވ) ދުންހޮޅި އިސްތިރި
ކުރޮނޑި
ބޭސް ހަދާ މީހުން ކުދި ކުދި ބޭސްކޮޅު ކަހަލަ އެއްޗެހި ރައްކާކުރުމަށް ބޭނުންނުރި އެއްޗެއް.
އެލުމިނިއަލް ދަޅު
ހާއްސަ އެއްޗެއް ރައްކާކުރުމަށް ބޭނުންކުރި އެއްޗެއް.
މަލާފަތް
ހާއްސަ ކޭންތައް ކައްކާއިރު ކޭން އެޅުމަށް ބޭނުންކުރާ އެއްޗެއް.
ފޮތް ކާލި / ފޮތް ގޮނޑި
ކިޔަވާ ފިލާ
ލަކުޑިން ތުނިކޮށް ހަދައި އޭގައި ލިޔެގެން ކިޔަވަން ގެންގުޅޭ އެއްޗެއް
ދުންދަނޑި ޖަހަން ބޭނުންކުރި އެއްޗެއް
ކުރީގައި ސަލަވާތްފާތިހާ ކިޔަވާއިރު ދުންދަނޑި ޖަހަން ބޭނުންކުރި އެއްޗެއް.
ދުންކިބަ
ކުރީގައި ސަލަވާތްފާތިހާ ކިޔަވާއިރު ކުންޒާއި ދުން އަޅަން ބޭނުންކުރި އެއްޗެއް.
ބައްދާ ހަތިޔާރު
ލޯ ކުރާ
އިންޖީނު އުނދުން
ދިގު ބައްތި
މިއީ ކަރާސީނު އަޅައިގެން ދިއްލާ ބައްތިއެއް.
ތެޔޮހާނާ އޮބި
ކަންވާރު
ފެންބޯ ތައްޓެއް ގޮތަށް ބޭނުންކުރި އެއްޗެއް.
އަތްދޮންނަ ކުރާ އަދި އަތް ދޮންނަ ތަށި
ފޯންޗު
ސަރުބަތު އަޅަން ބޭނުންކުރާ އެއްޗެއް. އާންމުކޮށް ފޯންޗު ބޭނުންކުަރަނީ އިއްޒަތްތެރިން.
ގަތާފައި
ރޮދިޖެހި ލިބާސް ހެދުމަށް ރޮދި ގަތަން ބޭނުންކުރާ އެއްޗެއް.
ފޫޅުމާ ފޮށި
ލޯއަށި
ފެންބޯން ބޭނުންކުރާ އެއްޗެއް.
ލޯވަން
އެއްވެހި ތަޅާ މުގުރަން ބޭނުންކުރާ އެއްޗެއް.
ދެލި އުނބު
ވަޑާންކުރާއިރު ލަކުޑީގައި ރޮނގު ދަމަން ބޭނުންކުރާ އެއްޗެއް
ފަށް ނަގާ ރޮންދާ
މަށާ ރޮންދާ
ގޮނޑި ދަރި
ކުޑަކުދިން ކުޅެން ބޭނުންކުރާ އެއްޗެއް
މެޓާގަނޑު އަޅާ ތައްގަނޑު
މެޓާގަނޑު ރީތިކޮށް ވަކިގޮތަކަށް އެޅުމަށް ބޭނުންކުރި ތައްގަނޑެއް.
މުށި ތަވާ
ކެއްކުމަށާއި ބައެއް ތަކެތި ފިހުމަށާއި ތެލުލުން ފަދަ ކަންކަމަށް ބޭނުންކުރި މުށިން ހަދާފައިވާ އެއްޗެކެވެ.
ފިޔަން
ސަރަފޯހުގެ ބަދަލުގައި ބޭނުންކުރާ އެއްޗެއް.
ފާނޫޒު
މަޢުދަނުން ހަދާފައި ހުންނަ ބައްތިއެއް. މިއީ ކަރާސީނު ތެޔޮ އަޅައިގެން ދިއްލާ ފަތި ފީތާއެއްލައިފައި ހުންނަ ބައްތިއެއް.
ފަސްލޭނު ބައްތި
ކުރީގެ މިސްކިތްތަކުގަޔާއި އެޒަމާނުގައި މުއްސަނދިންގެ ގޭގޭގައި ބޭނުންކުރި ބައްތިއެއް
ފުޅި ބައްތި
އަނގަ ބޮޑު ފުޅިޔަކަށް ސާފުތެޔޮ އަޅައި ފީތާލީ ތުންގަނޑެއް ލައިގެން ދިއްލޭގޮތަށް ހަދައިފައިވާ ބައްތިއެއް.
ބިގަރު
ކަރާސީނުތެޔޮ އަޅައި ގުންބާކޮށްގެން ދިއްލާ އަލި ގަދަ ބައްތިޔެއް. މި ދިއްލިފައި ހުންނާނީ އަނދާ އަޅިޔަށްވެފައި ހުންނަ ދާގަނޑެއްގައެވެ.
ލަންޓަން
ބައްތީގެ ވައްތަރެއް. ލަންޓަން އާންމުކޮށް ބޭނުންކުރަނީ ބޯޓުފަހަރުގައި.
ރުނބާ
ދިޔާ އެއްޗެހި ރައްކާކުރުމަށް ބޭނުންކުރި އެއްޗެއް.
ކޫދު
ރުނބާގެ ކުދި ވައްތަރު.
މަރަވަޅި
ފައިވާނުގެ ގޮތުގައި ބޭނުންކުރުމަށް ލަކުޑިން ހަދައިފައި ހުންނަ އެއްޗެއް
ބޭސްތަޅަން ބޭނުންކުރި ވަނުގެ ވައްތަރެއް
އަލަގަނޑު
ދިޔާއެއްޗެހި ރައްކާކުރުމަށް ބޭނުންކުރި އެއްޗެއް
ތުންކުޑަ އަލަގަނޑު
ދިޔާއެއްޗެހި ރައްކާކުރުމަށް ބޭނުންކުރި އެއްޗެއް
ބޮޑު ފިރޯށި
ބަރަންޏާއި ކަސަބާއި، އުއި ފަދަ އެއްޗެހި އޮޅަން ހަދައިފައި ހުންނަ އެއްޗެއް. މިއީ އެނބުރޭގޮތަށް ދަނޑިއެއް ލައްވައިފައި ހުންނަ އެއްޗެކެވެ.
ކަރާސީނު އުފުލުމަށް ބޭނުންކުރި ފުޅިއެއް
ފައި
ދޯނީގައި ދިޔަހިއްކަން ބޭނުންކުރާ އެއްޗެއް.
އެންވަށި
މަސްދޯނީގެ ވަތުން، އެންނަގައި އެންއުކަން ގެންގުޅޭ އެއްޗެއް.
ހަނު
ވަޅިއާއި ފުރޯ ފަދަ ތަކެތި ތޫނުކުރާން ކުރަނދާއި ލާއިން ވަށްބުރަކަށް ހަދައިގެން ގެންގުޅޭ އެއްޗެއް
އެންކޮށި
މަހަށް ގޮސް އައިސް ބާކީ ހުންނަ އެންދިރުވަން މޫދުގައި ބާއްވާފައިއޮންނަ ކޮށްޓެއް


