photo

ވިސްނުމާއި ފިކުރާއި އަމަލީ ގޮތުން ވެސް ގޮއިދޫ ކައުންސިލް މިއީ އެހެން ލެވެލްއެއް

ރަށްރަށުގެ ކައުންސިލްތައް ޖުމްލަ ގޮތެއްގައި ފެންނަނީ އެ ރަށެއްގެ ކުރިއެރުމަށް މަސައްކަތަ ކުރަމުން އަންނަ ޓީމްތަކެއްގެ ގޮތުގައެވެ. ގާނޫނާއި ގަވައިދުތަކެއްގެ ދަށުން ކައުންސިލްތައް ހިނގަމުން އައި ނަމަވެސް ރަށްރަށުގެ ކައުންސިލްތަކުގެ ކަންކަން ބައްޓަންވެފައި ހުންނަ ގޮތުގައި ތަފާތުތައް ހުރެއެވެ. އެ ތަފާތަކީ އެ ރަށެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައިގެ ސަބަބުން ހުންނަ ތަފާތުތަކެއް ކަމުގައި ވެސް ބުނެވިދާނެއެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ކާންބޯން ކުރާ މަސައްކަތްތައް ބަލައި ތަޖުރިބާ ކުރުމަށް، ރާއްޖޭގެ އުތުރުން ދެކުނަށް އަޅުގަނޑު ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) މި ކުރާ ދަތުރުގައި އެންމެ އުތުރުގެ ތިން އަތޮޅުގެ ގިނަ ރަށްތަކަށް މިހާރު ދަތުރު ކުރެވިފައިވާއިރު ވަރަށް ތަފާތު ތަޖުރިބާތައް ވަނީ ކުރެވިފައެވެ.

 

ރަށްރަށުގެ ކައުންސިލްތައް ޖުމްލަ ގޮތެއްގައި ފެންނަނީ އެ ރަށެއްގެ ކުރިއެރުމަށް މަސައްކަތަ ކުރަމުން އަންނަ ޓީމްތަކެއްގެ ގޮތުގައެވެ. ގާނޫނާއި ގަވައިދުތަކެއްގެ ދަށުން ކައުންސިލްތައް ހިނގަމުން އައި ނަމަވެސް ރަށްރަށުގެ ކައުންސިލްތަކުގެ ކަންކަން ބައްޓަންވެފައި ހުންނަ ގޮތުގައި ތަފާތުތައް ހުރެއެވެ. އެ ތަފާތަކީ އެ ރަށެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައިގެ ސަބަބުން ހުންނަ ތަފާތުތަކެއް ކަމުގައި ވެސް ބުނެވިދާނެއެވެ.

މިގޮތުން އަޅުގަނޑަށް މިހާތަނަށް މި ދަތުރުގެ ތެރެއިން ދެވުނު ރަށްތަކުގެ ތެރެއިން ށ.އަތޮޅު ގޮއިދޫ ކައުންސިލަކީ ތަފާތު ވިސްނުމެއްގެ ދަށުން ނަތީޖާ ނެރެމުން އަންނަ ހީވާގި ކައުންސިލެކެވެ.

photo ()

އެ ރަށަށް ދެވުނުއިރު މުޅި ރަށުން ވެސް ފެންނަނީ ކުދިބޮޑު އެންމެން ނުކުމެ ރަށުތެރެ ސާފުކޮށް ފާރުތަކުގައި ކުލަލައި މުޅި ރަށް ޒީނަތްތެރިކުރާ މަންޒަރެވެ. މި މަސައްކަތުގައި ރަށުގެ ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން ރަށުގެ ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ހިމެނޭހެން ކަމުވޮށިގެންވާ އެންމެން ބައިވެރިވެއެވެ. މިއީ މި މަހު 20 ވަނަ ދުވަހު ފަށާ މިލައުތުރު ފުޓްސްލަ މުބާރާތް އެ ރަށުގައި ހޯސްޓްކޮށްފައި އޮތުމުން މުބާރާތަށް ރަށުތެރެ ތައްޔާރުކުރާ މަންޒަރެވެ.

ފެނުނު މަންޒަރާއިއެކު މީހުންގާތު ސުވާލު ކޮށްލުމުން އެނގުނީ މިއީ ދިވެހިންގެ ތެރެއިން ނެތެމުންދާ އިޖުތިމާއީ ރޫހު އަދިވެސް އޭގެ އެންމެ ފުރިހަމަކަމާއި ތާޒާކަން މަތީ އޮތް ރަށްތަކުގެ ތެރެއިން އެއް ރަށްކަމެވެ.

photo

ސަރުކާރުން ކައުންސިލުތަކަށް ޕްރޮޖެކްޓް ހިންގަން އެކަށީގެންވާ ބަޖެޓް ނުދޭތީ ރަށުގައި ހިންގަން ބޭނުންވެފައިވާ ޕްރޮޖެކްޓްތައް ހުއްޓިފައި އެތަށް ރަށެއްގައި ހުރިއިރު، އެއީ ގޮއިދޫ ކައުންސިލުން ކުރަން ބޭނުން ޝަކުވާއެއް ނޫންކަން ގޮއިދޫ ކައުންސުލްގެ ރައީސް އިބްރާހީމް ޝާހިދުއާއި ވާހަކަ ދައްކާލުމުނެ އެނގިގެން ދިޔައެވެ.

ޝާހިދު ބުނީ ސަރުކާއުން ގްރާންޓް ދިނުމުން އެ ގްރާންޓްދޭ ކަމެއް ހަމައެކަނި ކޮށްލައިގެން ތިބުން އެއީ ގޮއިދޫ ކައުންސިލުގެ ވިސްނުން ނޫން ކަމަށާއި ބޭނުންވަނީ އަމިއްލަ މަސައްކަތުން ވިޔަސް ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކޮށް ކަންކަމުގައި ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތައް ހޯދައިދީ ފަހިކޮށްދިނުން ކަމަށެވެ. ރައްޔިތު މާލިއްޔާގައި ގިނަ އަދަދެއްގެ ފައިސާ ބަހައްޓާފައި ހުރެގެން އޭގެން ރައްޔިތުންނަށް މަންފާއެއް ނުކުރާނެ ކަމަށާއި ވުމާއިއެކު ކައުންސިލުން އަބަދުވެސް ވިސްނަމުން އަންނަނީ އިންވެސްޓްކޮށް އާމްދަނީ އިތުރުކޮށް ޚިދުމަތްތައް ގާއިމް ކުރުމަށް ކަމަށެވެ.

photo

އެ ކައުންސިލުން ރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތައް ބިޑަށް ލައިގެން، އެ ޕްރޮޖެކްޓްތަކުގެ ހުރިހާ މަސައްކަތެއް ބިޑްކޮށްގެން ކުރުމަކީ ގޮއިދޫ ކައުންސިލުގެ ވިސްނުމެއް ނޫނެވެ. އެ ޕްރޮޖެކްޓެއްގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ކައުންސިލުގެ މުވައްޒަފުންނަށް ކުރެވޭނެ ކަންކަން ބަލައި ބިޑުން އުނިކުރެއެވެ. އިމާރާތެއް ކުރަނީނަމަ އެ އިމާރާތުގައި ހިމެނޭ ކަރަންޓް މަސައްކަތްތަކާއި ވެލްޑިން ކުރުމާއި އޭސީ އިންސްޓޯލް ކުރުމާއި ކުލަލުންފަދަ މަސައްކަތްތައް ބިޑުން އުނިކޮށް، އެ މަސައްކަތްތައް ކުރަނީ ކައުންސިލުގެ މެމްބަރުންނާއި މުވައްޒަފުން ނުކުމެއެވެ. އެއްވެސް އަގަކާއި ނުލައި ހިލޭ ސާބަހަށެވެ.

ގޮއިދޫ ކައުންސިލުގެ މުވައްޒަފުންގެ ތެރޭގައި ގިނަ އަދަދަކަށް ފަންނީ މީހުންތިބެއެވެ. އެ މީހުންނަކީ ކައުންސިލުން އެ ރަށުގައި ހިންގި ޕްރޮގްރާމްތަކުގެ ތެރެއިން ތަމްރީން ދީފައި ތިބި މުވައްޒަފުންނެވެ. ކައުންސިލަރުންނާއި މުވައްޒަފުން ނުކުމެ މިފަދަ މަސައްކަތަތްކުގައި އުޅެނީ އެއްވެސް އޯޓީއަކާއި ނުލައެވެ. ރަށުގެ ކުރިއެރުމަށެވެ. މިގޮތަށް މަސައްކަތްކޮށް އެ ކައުންސިލުން ކުޑަ ހަރަދަކުން ބޮޑެތި ޕްރޮޖެކްޓްތައް ހިންގައި ނަތީޖާ ނެރެއެވެ.

photo

ގޮއިދޫ ކައުންސިލުގެ އަނެއް ވިސްނުމަކީ ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަކޮށް އަމިއްލަ ދެފައި މައްޗަށް ކައުންސިލް ނަގައި ކޮޅަށް ޖެހުމެވެ. މި ވިސްނުމުގެ ދަށުން ވެސް އެ ކައުންސިލުން އަންނަނީ ބާރު ސްޕީޑުގައި މަސައްކަތްކޮށް ނަތީޖާ ނެރެމުންނެވެ. ރަށުގައު ހިންގި ޕްރޮޖެކްޓްތަކުން ނެރެވުނު މަންފާއިން މިހާރު ކައުންސިލުން އަންނަނީ އަށް ކޮޓަރީގެ އެޕާޓްމެންޓެއްގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އެއްވެސް އެހީއަކާއި ނުލައެވެ. މި އިމާރާތުގެ ވެސް ބައެއް މަސައްކަތްތައް ކުރަނީ ކައުންސިލުގެ ސްޓާފުންނެވެ.

ކައުންސިލަށް އާމްދަނީ އިތުރު ކުރުމުގެ ބޭނުމުގައި އެ ރަށުން އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށާއި ކާބޯތަކެތީގެ ވިޔަފާރިއަށް ބިން ވަނީ ކުއްޔަށް ދޫކޮށްފައެވެ.

މަސައްކަތްތެރި ބަޔަކު އުޅޭ ގޮއިދޫއަކޫ ދަނޑުވެރި ރަށެކެވެ. ދަނޑުވެރިކަން ކުރުމަށް އެ ރަށުން ގިނަ ބިންތަކެއް ވެސް ވަނީ ދޫކޮށްފައެވެ. ކޮންމެ ދަނޑުވެރިއަކަށް އަސާސީ މިންވަރަކަށް ދަނޑުވެރިކަން ކުރެވޭނޭ ބިން ހިލޭ ދޫކޮށްފައިވާއިރު، ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ކައުންސިލުން ވަނީ ކުލީ ދަނޑުބިންތައް ވެސް ދޫކޮށްފައެވެ. ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި ބޭސްފަދަ ތަކެތި އެ ރަށަށް ގެނެސް ދަނޑުވެރިންނަށް ކައުންސިލުން ވިއްކަނީ އެއްވެސް ފައިދާއެއް ނުލައެވެ. ދޭ ޚިދުމަތެއްގެ ގޮތުގައެވެ.

photo

އެ ރަށުގައި ގެ އަޅަން ފަށާފައި ފައިސާ ނެތިގެން ގެ ނިންމާ ނުލެވި ނުވަތަ އެ ނޫންވެސް ސަބަބަކާއި ހުރެ ގެ ނިންމާނުލެވި ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެ މަސައްކަތް ނިންމުމަށް ހިތްވަރު ދިނުމުގެ ގޮތުން ކައުންސިލުން ވަނީ އެކަމަށް ސްކީމް ތާރަފްކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރަށުގައި ކައުންސިލުން ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމަށް އެކި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅައިގެން ކައުންސިލުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެއެވެ. މިގޮތުން ފަންޑް ހޯދައިގެން މިހާރިވެސް އެ ރަށުގައި ޒަމާނީ ފެންވަރުގެ ޖިމެއް އަންނަނީ ތަރައްގީ ކުރަމުންނެވެ.

ރަށުގައި މައިޒާނެއް ހެދިޔަސް ޕާކެއް ހެދިޔަސް ދެއަތް އޮޅާލައި މަސައްކަތުގެ އެންމެ ކުރީގައި ތިއްބަވާ އެއްބަޔަކީ ކައުންސިލުގެ މުވައްޒަފުންނެވެ. ޓައީ އަޅާފައި ގޮތްކިޔަން ތިބުން އެއީ އެ މީހުން މާ ލޯބިކުރާ ސިފައެއް ނޫނެވެ.

photo

ވަރުގަދަ ރޫހެއްގައި ރައްޔިތުންނާއި ޒުވާނުން ގުޅިގެން ރަށް ކުރިއަރުވަނަ މަސައްކަތް ކުރުމަކީ ގޮއިދޫ މީހުންގެ ހާއްސަ ސިފައެކޭ ބުނެވިދާނެއެވެ. ބަޔަކު އައިސް ކަންކަން ކޮށްދެންދެން ތިބުމަކީ އެ މީހުންގެ ވިސްނުމެއް ނޫނެވެ.

Scroll to Top