photo

ލެޕްރަސީ (ޖުޒާމް ބަލި)، މިއީ ނުރައްކާތެރި ބައްޔެއްތަ؟

ލެޕްރަސީ ނުވަތަ ޖުޒާމް ބައްޔަކީ މީގެ ބައިގަރުނަށް ވުރެވެސް ކުރިން ދިވެހިރާއްޖެއިން ފެންނަން ފަށާފައިވާ ބައްޔެކެވެ. އެ ޒަމާނުގައި މިއީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކަމުގައި ދެކެވުމުގެ ނަތީޖާއެއްގެ ގޮތުން ބަލި ޖެހޭ މީހުން ވަލުތެރޭގައި ވަކިން ގެޔެއް ހަދައި އެތަނަށްލައި އެކަހެރި ކުރަމުން ގެންދިޔައެވެ. އެ ޒަމާނުގައި ޖުޒާމް ބައްޔާއި މެދު ދިވެހިން ދެކެމުން އައީ ވަރަށް ނުރައްކާތެރި މަރު ބައްޔެއްގެ ގޮތުގައެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ލެޕްރަސީ ނުވަތަ ޖުޒާމް ބައްޔަކީ މީގެ ބައިގަރުނަށް ވުރެވެސް ކުރިން ދިވެހިރާއްޖެއިން ފެންނަން ފަށާފައިވާ ބައްޔެކެވެ. އެ ޒަމާނުގައި މިއީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކަމުގައި ދެކެވުމުގެ ނަތީޖާއެއްގެ ގޮތުން ބަލި ޖެހޭ މީހުން ވަލުތެރޭގައި ވަކިން ގެޔެއް ހަދައި އެތަނަށްލައި އެކަހެރި ކުރަމުން ގެންދިޔައެވެ. އެ ޒަމާނުގައި ޖުޒާމް ބައްޔާއި މެދު ދިވެހިން ދެކެމުން އައީ ވަރަށް ނުރައްކާތެރި މަރު ބައްޔެއްގެ ގޮތުގައެވެ.

 

އެ ޒަމާނުގައި ޖުޒާމް ބައްޔާބެހޭ މާގިނަ ހޯދުންތަކެއް ހޯދިފައި ނެތުމުން ބައިވަރު ކުށްހީތައް މުޖުތަމައަށް އޮތީ ފެތުރިފައެވެ. ބައްޔާއި ގުޅޭގޮތުން ސައިންސްގެ އަލީގައި ކުރެވުނު ދިރާސާތަކަށް ފަހު ހޯދުނު މަޢުލޫމާތާއި، ތަޢާރަފް ވެގެންދިޔަ ފަރުވާއާއިއެކު މުޖުތަމަޢުގައި އޮތް ގަބޫލް ކުރުންތަކަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ސިއްޙީ މާހިރުން އިސްވެތިބެ ސަރުކާރުން ކުރި ބުރަ މަސައްކަތުން ބަލި މުޖުތަމައުން ގާތްގަނޑަކަށް ފިލައިގެން ދިޔަ ނަމަވެސް، ފެންނަން އޮތް ހަގީގަތަކީ ބައްޔާއި މެދު މުޖުތަމަޢު ހޭލުންތެރިކަން އިތުރު ކުރަން އަދިވެސް ޖެހޭކަމެވެ.

ރާއްޖޭގައި ޖުޒާމް ބައްޔަށް ފުރަތަމަ ބޭސް ތަޢާރަފް ކުރެވިގެން ދިޔައީ 1982 ވަނަ އަހަރުއެވެ. ބޭސް ތަޢާރަފްކުރެވި ފަރުވާ ދޭން ފެށުމާއިއެކު ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. މިގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 1997 ވަނަ އަހަރު މި ބައްޔަކީ ދިވެހިރާއްޖޭގެ އާންމު ސިއްޙަތަށް ނުރައްކަލެއް ނޫންކަމުގައި ކަ ނޑައެޅިގެން ދިޔައެވެ. މިގޮތުން މިހާރު ރާއްޖޭގައި މި ބަލި ފެންނަމުން ދަނީ އަހަރަކު 7-10 ދެމެދުގެ އަދަދަށް ވުރެ ދަށްކޮށެވެ.

photo

ލެޕްރަސީ (ޖުޒާމް ބަލި)

ލެޕްރަސީއަކީ މައިކޯބެކްޓީރިއަމް ލެޕްރައި ނުވަތަ ހެންސަން ބެސިލައި ނަމަކަށްކިޔާ ޖަރާސީމެއްގެ ޒަރީޢާއިން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ .މިބަލި އެންމެ އާންމު ގޮތެއްގައި ޖެހެނީ ހަމަށާއި ނާރުތަކަށާއި ނޭވާލުމުގެ ނިޒާމަށާއި އެތެރެހަށީގެ ބައެއް ގުނަވަންތަކަށެވެ. މި ބަލީގެ ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަނުމަށްފަހު ޢަލާމާތްތައް ފެނުމަށް އާއްމުކޮށް ގާތްގަނޑަކަށް 5 އަހަރުވަރު ނަގައެވެ. އެހެން ނަމަވެސް ބައެއް މީހުންގެ ގައިން އަލާމާތްތައް ފެނުމަށް އެއައް ވުރެ ދިގު މުއްދަތެއްވެސް ނަގާފާނެއެވެ.

ބަލި ފެތުރެނީ ކިހިނެތް؟

ޖުޒާމް ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ގޮތުގައި ބެލެވުނު ނަމަވެސް މިއީ އާންމު އުސޫލަކުން އެހާ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއްކަމުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނެތެވެ. މި ބަލި ޖެހިފައިވާ މީހަކާއި ސަލާން ކުރުމަކުން، އެކުގައި ދަތުރު ކުރުމަކުން އަދި އެކުގައި ކައިބޮއެ އުޅުމަކުން މި ބަލި ނުޖެހޭނެއެވެ. މިބަލި ޖެހެނީ ބަލިޖެހިފައިވާ މީހަކާއިއެކު ވަރަށް ގިނަ ދުވަސް ވަންދެން އުޅުމުންނެވެ. ބަލި ޖެހިފައިވާ މީހާ އެންޓިބައޮޓިކްސް ބޭނުން ކުރަންފަށާތާ ދެތިން ދުވަހުގެ ތެރޭ އޭނާ ފުށުން އެހެން މީހަކަށް މިބަލި ޖެހުމުގެ ފުރުޞަތު އެއްކޮށް ނެތިކޮށްލެވެއެވެ. މި ބައްޔަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ބަލި ދެނެގަނެވި ބަލީގެ ކުރީކޮޅު ފަރުވާދޭން ފަށައިފިނަމަ ޖިސްމާނީ އެއްވެސް ނުކުޅެދުންތެރިކަމަކާއި ނުލައި މި ބަލި ފަސޭހަ ކުރެވެއެވެ.

photo

ބަލީގެ އަލާމާތްތައް

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބައެއް ނާރުތައް ދުޅަވުން ހަމުގައި ދަދު ފެތުރި ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިޙްސާސް ކެނޑިފައި ހުރުން ފަދަ އަލާމާތްތައް ހިމެނެއެވެ.

photo ()

މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ޓެސްޓް ހެދުމަކީ ފަރުދީ ޒިންމާއެކެވެ. ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށްފިނަމަ މިއީ މާ ބޮޑު އުނދަގުލަކާއި ނުލައި ފަސޭހަވެގެންދާ ބައްޔެކެވެ.

Scroll to Top