photo

މަސްވެރިކަމުގެ ފައިދާ ހުރި އޮޕަރޭޝަންތަކުގެ ފަހަތުގައި އޮތީ ނާޖައިޒް ފައިދާ ނެގުމާއި ވަގު ޑީލްތަކެވެ.

ލެ ޕޮއިންޓް ބުނި ގޮތުގައި ބާރު ވަރުގަދަކޮށް ޔޫރަޕްގެ މަސްވެރިކަމުގެ މަސްލަހަތު ބާކީ ކުރުމުގެ މަގުސަދުގައި ގިނަ އަދަދެއްގެ ނުރަސްމީ އިއްތިހާދުތައް ދަނީ އުފެދެމުންނެވެ. މިފަދަ އެއް ކޯލިޝަން ކަމަށްވާ ޖީ16 އަކީ އޮސްޓްރޭލިއާ، އީރާން، ޕާކިސްތާން، އިންޑިއާ، ދެކުނު އެފްރިކާ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ އިތުރުން ގިނަ އަދަދެއްގެ ޖަޒީރާ ގައުމުތަކުން އެކުލެވޭ ކޯލިޝަނެކެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ލެ ޕޮއިންޓް ބުނި ގޮތުގައި ބާރު ވަރުގަދަކޮށް ޔޫރަޕްގެ މަސްވެރިކަމުގެ މަސްލަހަތު ބާކީ ކުރުމުގެ މަގުސަދުގައި ގިނަ އަދަދެއްގެ ނުރަސްމީ އިއްތިހާދުތައް ދަނީ އުފެދެމުންނެވެ. މިފަދަ އެއް ކޯލިޝަން ކަމަށްވާ ޖީ16 އަކީ އޮސްޓްރޭލިއާ، އީރާން، ޕާކިސްތާން، އިންޑިއާ، ދެކުނު އެފްރިކާ އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ އިތުރުން ގިނަ އަދަދެއްގެ ޖަޒީރާ ގައުމުތަކުން އެކުލެވޭ ކޯލިޝަނެކެވެ. މޭ މަހު ތައިލޭންޑުގައި ބާއްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައްދަލުވުމުގެ ކުރިން މި ކޯލިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ ބައްދަލުވުން އޭޕްރިލް 28-29 ގައި ޔޫއޭއީގެ ދުބާއީގައި ވަނީ ބާއްވާފައެވެ.

 

ޑަބްލިޔުޑަބްލިޔުއެފް އާއި ސަސްޓެއިނަބަލް ފިޝަރީޒް އެންޑް ކޮމިއުނިޓީސް ޓްރަސްޓް (އެސްއެފްއޭސީޓީ) ފަދަ ސަރުކާރު ނޫން ޖަމިއްޔާތަކުގެ ތާއީދާއެކު އޮސްޓްރޭލިއާ އިން އިންތިޒާމްކުރާ ކަމަށް ބުނާ މި ޕްރީ މީޓިންގައި އައިއޯޓީސީ ފަދަ ރެގިއުލޭޓަރީ ބޮޑީތަކުގެ ތެރޭގައި ނިންމުންތައް ނިންމުމުގެ ޕްރޮސެސްތަކުގެ އިންޓެގްރިޓީއާ މެދު ކަންބޮޑުވުންތައް ވަނީ އުފައްދާފައެވެ.

ލެ ޕޮއިންޓް ފާހަގަކުރައްވާ ގޮތުގައި 2023 ވަނަ އަހަރު “އެންޓި ޔޫރަޕިއަން” ކޭމްޕަށް ކާމިޔާބީ ލިބުނީ އީޔޫގެ ޕާސް ސެއިންތަކުން އާންމުކޮށް ބޭނުންކުރާ މަސް އެގްރިގޭޝަން ޑިވައިސް (އެފްއޭޑީ) މަނާކުރުމަށް އައިއޯޓީސީން ވޯޓު ދިނުމުންނެވެ. ނަމަވެސް ޔޫރަޕްގެ ޤައުމުތަކުން ވަނީ މިކަން ތަންފީޒުކުރިޔަ ނުދީ، ބްލޮކިން މައިނޯރިޓީއެއް ބޭނުންކޮށް، މިކަން ނާކާމިޔާބުކޮށްލާފައެވެ.

ސީޝެލްސް ނޭޝަންއާ ވާހަކަ ދައްކަވަމުން ސީވާޑް ކޮމްޕެނީ (ޕްލައި) ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު ސެލްވިން އެޑްމަންޑް ވިދާޅުވީ ނިންމުންތައް ނިންމުމުގެ ޕްރޮސެސްތަކަށް ބޭރުގެ ނުފޫޒު ފޯރުވާ ކަމަށް ބުނާ ތުހުމަތުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާވާ ލޯކަލް ސްޓޭކްހޯލްޑަރުންނަށް ކަންބޮޑުވާ ވާހަކަތަކެއް ކަމަށެވެ. އޭގެ މާނައަކީ ސަރަހައްދީ ގައުމުތަކަށް ނިސްބަތުން ހަމަހަމަ ގޮތެއްގައި މަސް ބަހާފައި ނުވާތީ ވަކިވަކި ޤައުމުތަކަށް މިކަމުން ލިބޭ ފައިދާ އާއި ނަފާ ހަމަހަމަ ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެޑްމަންޑް ވިދާޅުވީ މިފަދަ ޕްރެޝަރުތައް ކޮށްފި ނަމަ ލޯކަލް އިންޑަސްޓްރީއަށް އަސަރުކުރާނެ ކަމަށެވެ. އަދި ސީޝެލްސްގެ ވިސްނުމަކީ ޓޫނާ ޕްރޮސެސިންގެ މައިގަނޑު ހަބަކަށް ވެގެން ގައުމަށް އިތުރު ފައިދާތަކެއް ލިބޭނެ ގޮތް ހަދައި، މަސްވެރިކަމުން ލިބޭ ނަފާއާއި ފައިދާ އިތުރުކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސީޝެލްސް ނޭޝަން އިން ވަނީ ތިމާވެށީގެ ކަންބޮޑުވުންތަކަށް ވުރެ އިގްތިސާދީ މަސްލަހަތަށް އިސްކަން ދިނުމަށް ފާޑުކިޔާ ސީޝެލްސްގެ މިނިވަން އެންޖީއޯ އޮސެނިކާގެ ޗީފް އެގްޒެކެޓިވް އޮލިވިއާ މަނައުޓްއާވެސް ވާހަކަ ދައްކަވާފައެވެ.

photo
 

އޯސެނިކާ އަކީ މުރަކަ ފަރުތަކާއި ކަނޑުގެ ޖަނަވާރުތަކުގެ ތަފާތު ވައްތަރުތަކަށް ގެއްލުންދޭ އެފްއޭޑީތައް ނައްތާލުމުގެ މި ޝަންގައި ތަފާތު ކުންފުންޏެކެވެ.

އެމީހުން ކުރި މަސައްކަތުގައި ވެސް މަސްވެރިކަމުގެ ސިނާއަތާއި ކަމާބެހޭ ފަރާތްތަކުގެ ތާއީދު ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.

“މި ހަގީގަތަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން. ނަމަވެސް ސިއްސުވާލާ ކަމަކީ އަޅުގަނޑުމެންގެ ކަނޑުތަކުގައި ބޭނުންކުރާ އެފްއޭޑީތަކުން ގުދުރަތީ ވެއްޓާއި، ދިރުންތަކަށް ކުރިމަތިކުރުވާ އިކޯލޮޖިކަލް މައްސަލަތަކަށް އަޅުގަނޑުމެން ހައްލު ހޯދަން ނޫޅޭތީ” އޮލިވިއާ ވިދާޅުވިއެވެ.

އޮލިވިއާ ވިދާޅުވީ ބައެއް ޖަމިއްޔާތަކުން ޕްރޮމޯޓުކުރަނީ ވަކި ބާވަތެއްގެ މަސްވެރިކަން ކަމަށާއި، އެއީ އަސްލު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ބައެއް ނޫން ކަމަށެވެ. އަދި ސަސްޓެއިނަބަލް މަސްވެރިކަން ޕްރޮމޯޓުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިއީ ކަމަށާއި، މިފަދަ އަމިއްލަ އެދުންބޮޑު މަސައްކަތްތަކުގެ ސަބަބުން އަސްލު މައްސަލަތައް ހައްލުކުރުމަށް ބުރޫ އަރާކަމަށެވެ.

ކަނޑުގެ އީކޯސިސްޓަމްތައް ހިމާޔަތްކުރުމަށް ސިނާއަތާއި ކަމާބެހޭ ފަރާތްތަކުން ކޮންކްރީޓް ފިޔަވަޅުތަކެއް އެޅުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ގޮވާލައްވައި، ކަނޑުތައް ބެލެހެއްޓުމުގައި އެންމެންގެ ހިއްސާ އަދި ޒިންމާ އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ އަލިއަޅުވާލިއެވެ.

އަދި ލެ ޕޮއިންޓްގެ ތުހުމަތުތަކުގެ މައިގަނޑުގައި ހިމެނެނީ އައިއޯޓީސީގައި އޮބްޒާވަރެއްގެ ގޮތުގައި ހިމެނޭ އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) ގެ ބާނީ އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔާ ޖޯން ބާޓަން އެވެ

Scroll to Top