photo

ދިއްދޫގެ ރަހަމީރު ހިއްޗާ ބަތާ

ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމެކެވެ. މީހުން ދިރިއުޅޭ ދުއިސައްތައާއި ގާތްކުރާ އަދަދަކަށް ރަށް އޮތްއިރު، ހުރިހާރަށެއްގައި ދިރިއުޅެނީ އެއް ބަހަކުން ވާހަކަ ދައްކާ އެއް ސަގާފަތެއްގެ ވެރި ބައެކެވެ. ޖުމްލަ ގޮތެއްގައި އެއް ސަގާފަތެއްގެ އޮތް ނަމަވެސް މި ކޮންމެ ރަށެއްގައި ހާއްސަ ކަންކަމާއި ހާއްސަ ތަންތަނާއި އަދި ހާއްސަ ކެއުންތައް ހުރެއެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމެކެވެ. މީހުން ދިރިއުޅޭ ދުއިސައްތައާއި ގާތްކުރާ އަދަދަކަށް ރަށް އޮތްއިރު، ހުރިހާރަށެއްގައި ދިރިއުޅެނީ އެއް ބަހަކުން ވާހަކަ ދައްކާ އެއް ސަގާފަތެއްގެ ވެރި ބައެކެވެ. ޖުމްލަ ގޮތެއްގައި އެއް ސަގާފަތެއްގެ އޮތް ނަމަވެސް މި ކޮންމެ ރަށެއްގައި ހާއްސަ ކަންކަމާއި ހާއްސަ ތަންތަނާއި އަދި ހާއްސަ ކެއުންތައް ހުރެއެވެ.

 

މިގޮތުން ތިލަދުންމަތީ އުތުރުބުރީ ވެރިކަންކުރާ ދިއްދޫގައި މަޝްހޫރު ހިއްޗާ ބަތާ، މިއީ ވެސް ތައްޔާރު ކޮށްލަން ވަރަށް ފަސޭހަ ރަހަމީރު ތަފާތު ކެއުމެކެވެ.

ހިއްޗާ ބަތާ ތައްޔާރު ކުރަން ބޭނުންވާ ތަކެތި

ގަބުޅި ހުނި

ލޮނުމެދު

ފިޔާ

ރީނދޫ

ފެން

ލޮނު

ރޯމަސް

ހަނޑޫ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ގަބުޅި ބިންދާލުމަށް ފަހު ހުނިގޮނޑި ބޭނުން ކޮށްގެން ތައްޓަކަށް ގަބުޅި ގާނާލާށެވެ. ބޭނުންކުރާ ގަބުޅިއަކީ އެހާޅަ އަދި އެހާ ހަރު ގަބުޅިއަކަށް ވެގެންނުވާނެއެވެ. މެދުމިނުގެ ގަބުޅިއެއް ބޭނުން ކުރާށެވެ.

photo

އެއަށްފަހު ލޮނުމެދާއި ފިޔާ ކޮށާލުމަށް ފަހު ހުނިތަކުގެ ތެރެއަށް އަޅާށެވެ. ކުލަ ހިފާވަރަށް ރީނދޫއަޅައި ހުނިގަނޑު ރަނގަޅަށް މޮޑެލާށެވެ. މޮޑެލުމަށް ފަހު މިކްޝަރުން ހިމުންކޮށް މުގުރާލާށެވެ. މިކްޝަރުން މުގުރާއިރު ހުނިގަނޑުގެ ތެރެއަށް ކުޑަ ފެންކޮޅެއް އެޅުމުން ހިމުންކޮށް މުގުރާލަން ފަސޭހަވާނެއެވެ. މިހާރު ހުނިގަނޑު ހިމުންކޮށް މުގުރަން މިކްޝަރު ބޭނުން ކުރަމުން އައި ނަމަވެސް ކުރީގައި މި ތަކެތި ހިމުންކޮށް ފުނޑަނީ ހިލަ ދައިމަތީގައެވެ. ހިމުންކޮށް މުގުރާލެވުމުން ކައްކަން ބޭނުންވާ ތެލީގެ ތެރެއަށް އޮއްސާލާށެވެ.

photo ()

އެއަށްފަހު ރޯމަށް ކުދިކޮށް ކޮށާށެވެ. ހިތި ކައްކަން އެންމެ މީރު ވާނީ ތާޒާ ރޯމަހެވެ. މަސް ކޮށުމަށް ފަހު ރީތިކޮށް ދޮވެލައި ތައްޔާރުކުރި ހިތީގެ ތެރެއަށް މަސްތައް އަޅައި ފެންއެޅުމަށް ފަހު ސަމްފަލަކުން ގިރާލައި ހުރިހާ އެއްޗެއް ރީތިކޮށް އެއްކޮށްލުމަށް ފަހު އުނދުން މައްޗަށް އުދާށެވެ. މަސްތައް ރަނގަޅަށް ރޯފިލަންދެން މަޑު ގިނީގައި ކަށްކަމުން ގެންދާށެވެ. ކައްކާއިރު ލޮނު ހެޔޮވަރު ކުރަންވާނެއެވެ. މަސްތައް ރޯފިލާވަރަށް ކެކުމުން އެ ހުރީ ހިތި ކެކިފައެވެ.

photo ()

ހިއްޗަކީ ބަތާއެކު ކާން ތައްޔާރުކުރާ އެއްޗެކެވެ. ނަމަވެސް ހިއްޗާއިއެކު ކާން ބަތް ތައްޔާރުކުރާ ގޮތުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް ހުރެއެވެ. ފުރަތަމަ ހަނޑޫ ރަނގަޅަށް ދޮވެލާނީއެވެ. އެއަށްފަހު ކައްކަން ބޭނުންވާ ތެލީގެތެރެއަށް ހަނޑޫތައް އަޅައި ފެންއަޅައި ހަނޑޫތައް ރަނގަޅަށް މަޑުވަންދެން ކައްކާލުމަށް ފަހު ބަތްތަކުގެ ތެރެއިން ފެން ސާފުކޮށްލަން ފުރޭންޏެއްގެ ތެރެއަށް އޮއްސާލައި ފެންބައި ވަކިކޮށްލާށެވެ. ފެންބައި ވަކިވުމުން، ބަތްތައް އަނެއްކާ ކެއްކި ތެލީގެ ތެރެއަށް އޮއްސާލައި ހޫނު ޖައްސާލައި ހިއްކާލާށެވެ. އޭރަށް އެ ހުރީ ބަތް ތައްޔާރުވެފައެވެ.

Scroll to Top