q

ހދ.އަތޮޅުގެ ގުދުރަތީ އެންމެ ރީތިރަށް އެނގޭތަ؟

ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ކުޑަކުޑަ ގައުމެކެވެ. ރާއްޖޭގެ ބައެއް ރަށްތަކަކީ އުފެދުމުގައި ދޮންވެލި ގޮނޑުދޮށާއި ހިތްގައިމު ފަޅު، ލިބިފައިވާ ރަށްރަށް ނަމަވެސް އަނެއްބައި ރަށްރަށަކީ އުފެދުމުގައި ފަޅެއް، ދޮންވެލި އަތިރިމައްޗެއް ލިބިފައިނުވާ ގާމަތީ ރަށްރަށެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ކުޑަކުޑަ ގައުމެކެވެ. ރާއްޖޭގެ ބައެއް ރަށްތަކަކީ އުފެދުމުގައި ދޮންވެލި ގޮނޑުދޮށާއި ހިތްގައިމު ފަޅު، ލިބިފައިވާ ރަށްރަށް ނަމަވެސް އަނެއްބައި ރަށްރަށަކީ އުފެދުމުގައި ފަޅެއް، ދޮންވެލި އަތިރިމައްޗެއް ލިބިފައިނުވާ ގާމަތީ ރަށްރަށެވެ.

 

އުތުރުން ދެކުނަށް އަޅުގަނޑު ހަސަން ސާޖިން (ޒުވާން މަސްވެރިޔާ) މި ކުރާ ދަތުރުގައި ހދ.އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ވަނީ ދަތުރުކޮށް ނިންމާލެވިފައެވެ. ޖުމްލަ ގޮތެއްގައި ހދ.އަތޮޅުގެ ރަށްތަކަކީ ވެސް ހިތްގައިމު ވެއްޓެއް ލިބިފައިވާ ރީތި ރަށްތަކެކެވެ. ނަމަވެސް ހދ.އަތޮޅުން އަޅުގަނޑަށް ދެވުނު އެންމެ ހިތްގައިމު ދެ ރަށް މި ލިޔުމުގައި ހިމަނާލާނަމެވެ.

naivaadhoo

ނައިވާދޫ

ގުދުރަތީ ރީތި ސިފަތަކެއް ލިބިފައިވާ ނައިވާދޫއަކީ މަދުބަޔަކު ދިރިއުޅެމުން އަންނަ، ބިމުގެ ގޮތުން ކުޑަ ވަރަށް ހިތްގައުމު ރަށެކެވެ. މި ރަށުގެ ބޮޑު ސަރަހައްދެއްގައި ދޮންވެލި އަތިރިމަތި އޮންނައިރު، ރަށުގެ އުތުރު ކޮޅުގައި، ރަށުން ބޭރަށްވާގޮތަށް ނުކުމެފައިވާ ތުނޑިއަކީ ވަރަށް ވެސް ހިތްގައިމު ތަނެކެވެ. ދޮންވެލި އަތިރިމައްޗަށް އިތުރު ފުރިހަމަކަމެއް ލިބެނީ މި ރަށަށް ލިބިފައިވާ ހިތްގައިމު ބޮޑު ފަޅުގެ ސަބަބުންނެވެ. މި ފަޅުގައި ކުޑަރަށަކާއި ފިނޮޅެއް އޮންނައިރު މި ފަޅަކީ މަސްމަހާމެހިން މުއްސަނދިކަން ލިބިފައިވާ ފަޅެކެވެ.

naivaadhoo

ނައިވާދޫގައި ލޯކަލް ޓްއަރިޒްމް ފުޅާކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މި ރަށުގައި ރަނގަޅު ފެންވަރުގެ އިކުއިޕްމެންޓާއިއެކު ހިންގާ ޑައިވް ސެންޓަރެއް ހުރެއެވެ. ސޮފްޓް ކޮރަލްސްއާއި ކަނޑުގެ ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ، ރާއްޖޭގެ ކަނޑުއަޑީގެ އެންމެ ބޮޑު އެއް ކޭވްއަކީ މި ރަށުގެ ހުޅަނގު ފަރާތުގެ ކަނޑު އަޑީގައިވާ ކޭވް އެވެ. މިއީ މި ރަށަށް ޒިޔާރަތްކުރާ ޑައިވަރުންގެ މެދުގައި ވަރަށް މަގުބޫލް ޑައިވް ޕޮއިންޓެކެވެ.

nu

ޖެޓްސްކީ ދުއްވުމާއި ކައިޓްސާފް ކުރުމާއި ވޭކްބޯޑް ދުއްވުން ފަދަ މޫދު ކުޅިވަރުގެ ގިނަ ޚިދުމަތްތަކެއް މި ރަށުން ލިބޭއިރު، މިއީ މި ރަށުގެ ހިތްގައިމު ފަޅު ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިތްހަމަ ޖެހުން ލިބިދޭ ހިދުމަތެކެވެ. ބަންދުތަކުގައި އާއިލާއާއިއެކު ޗުއްޓީ ހޭދަކޮށްލަން މިއީ ވަރަށް ހިތްގައިމު ރަށެކެވެ.

HDh Nolhivaranfaru Aerial

ނޮޅިވަރަންފަރު

ހިމުން ދޮންވެލީގެ އަތިރިމައްޗާއި ނޫކުލައިގެ ބޮޑު ފަޅެއް ލިބިފައިވާ ހދ.ނޮޅިވަރަންފަރަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. ރުކުގެ އާބާދީ ބޮޑު، މަލަމަތީގެ ފެހިކަންގަދަ މި ރަށުގެ މާހައުލަށް އިތުރު ފުރިހަމަކަމެއް ލިބެނީ، ރަށުގެ ދެކުނު ކޮޅުގައި އޮންނަ ދިރުންތަކުން މުއްސަނދި ކުޅިއާއި ކަނޑޫފަލުންނެވެ.

HDh Nolhivaranfaru Aerial

ލޯކަލް ޓްއަރިޒަމް ކުރިއަރަމުން އަންނަ މި ރަށުގައި ތިން ގެސްޓް ހައުސް މިހާރުވެސް ހިންގަމުން އަންނައިރު ޑައިވިން ކުރުމަށް ލޯބިކުރާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ތަނަވަސް ވެފައެވެ. ރަނގަޅު ސާމާނާއިއެކު ހިންގާ އެއް ޑައިވް ސެންޓަރ މިހާރު ވެސް އަންނަނީ މި ރަށުގައި އޮޕަރޭޓް ކުރަމުންނެވެ. މިއީ މި އަތޮޅުގައި ލޯކަލް ޓްއަރިޒަމް އެންމެ ބޮޑަށް ކުރިއަރާފައިވާ ލިސްޓްގައި ގުނާލެވޭ ރަށެކެވެ.

HDh Nolhivaranfaru Aerial

މި ރަށަކީ އަތޮޅުތެރޭ މީހުން އެކި ބަންދުތަކުގައި އާއިލާއާއިއެކު މޫދަށް އެރިލައި ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ގިނައިން ޒިޔާރަތްކޮށް އުޅޭ ރަށެކެވެ. މިއީ ހިތްފަސޭހަ އަމާން މާހައުލެއް ލިބިފައިވާ ރީތި ރަށެކެވެ.

Scroll to Top