photo ()

ފޯކައިދޫ އާތިފްއަކީ ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ބޭނުން ހިފުމުގައި ނަމޫނާއެއް

އުނގެނުމުގެ މަރުހަލާ ނިންމާލުމަށް ފަހު އުނގައްނައި ދިނުމުގެ ދާއިރާއަށް (ށ.ފޯކައިދޫ، އަލްފާ/ އަބްދުﷲ އާތިފް) ނުކުތީ ބައްޕަގެ އެދުމުގެ މަތިންނެވެ. ދާއިރާއަށް ހިތުގައި މާބޮޑު ޝައުގެއް އޮވެގެނެއް ނޫނެވެ. އޭގެ ފަހަތުގައި އެތައް ބައިވަރު ސަބަބެއް އޮތެވެ. ނަމަވެސް އޭނާ ދިހަ އަހަރު ދުވަހު ދަރިވަރުންނަށް ތައުލީމް ފޯރުކޮށް ދިނުމުގައި ހޭދަކުރިއެވެ. ދާއިރާއިން އެތައް ތަޖުރިބާއެއް ހޯދިއެވެ. ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްފަށައި ލީޑިން ޓީޗަރެއްގެ މަގާމް އަދާކުރުމުގެ އިތުރުން ޕްރިންސިޕަލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރިއެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

އުނގެނުމުގެ މަރުހަލާ ނިންމާލުމަށް ފަހު އުނގައްނައި ދިނުމުގެ ދާއިރާއަށް (ށ.ފޯކައިދޫ، އަލްފާ/ އަބްދުﷲ އާތިފް) ނުކުތީ ބައްޕަގެ އެދުމުގެ މަތިންނެވެ. ދާއިރާއަށް ހިތުގައި މާބޮޑު ޝައުގެއް އޮވެގެނެއް ނޫނެވެ. އޭގެ ފަހަތުގައި އެތައް ބައިވަރު ސަބަބެއް އޮތެވެ. ނަމަވެސް އޭނާ ދިހަ އަހަރު ދުވަހު ދަރިވަރުންނަށް ތައުލީމް ފޯރުކޮށް ދިނުމުގައި ހޭދަކުރިއެވެ. ދާއިރާއިން އެތައް ތަޖުރިބާއެއް ހޯދިއެވެ. ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްފަށައި ލީޑިން ޓީޗަރެއްގެ މަގާމް އަދާކުރުމުގެ އިތުރުން ޕްރިންސިޕަލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރިއެވެ.

 

ތައުލީމީ ދާއިރާ ދޫކޮށް 2012 ވަނައަހަރު ފޯކައިދު ކައުންސިލުގެ ޕްލޭނިން އޮފިސަރަކަށް ބަދަލުވީ، ދިރިއުޅުމުގައި ވެސް ޕްލޭނެއް އޮތުމުންނެވެ. އަމިއްލަ މަސައްކަތް ކުރުމުގެ ޝައުގު ހިތުގައި އޮތްލެއް ބޮޑުވީމައެވެ. ޑިއުޓީ ގަޑި ނިންމާލުމަށްފަހު ހުސްވަގުތު ހޯދައި އެ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމުގެ އަޒުމުގައެވެ.

photo

އާތިފްގެ ބައްޕައަކީ ވަޑިއެކެވެ. ތެދުވި ވަޑާމަށް ކުޅަދާނަ މީހެކެވެ. އާތިފް ކުޑައިރުއްސުރެ ބައްޕަގެ ގާތުގައި ވަޑާންގޭގައި މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އުމުރުން 13 އަހަރު ފުރުނުއިރު އޭނާ ހުރީ އެ މަސައްކަތަށް ފައްކާވެފައެވެ.

photo

އާތިފް ތައުލީމީ ދާއިރާއާއި ދުރަށްދިޔަ ސަބަބުތަކުގެ ތެރޭގައި، ދާއިރާއަށް ޝައުގުވެރިކަން ކުޑަވުމުގެ އިތުރުން ދިރިއުޅުމުގެ ބޭނުންތައް ފުއްދޭވަރުގެ އާމްދަނީއެއް ނުލިބުން ހިމެނެއެވެ. މީގެ އިތުރުން ހުސް ވަގުތު ނުލިބުމާއި ހާއްސަކޮށް މީހާ “މެންޓަލީ ފްރީ” ނުވުން ހިމެނެއެވެ.

“ފިޒިކަލީ ވެސް އަސްލު އިތުރު ކަމެއް ކުރާވަރަށް ހުސް ވަގުތެއް ނުލިބޭ، ދެން ސްކޫލް ގަޑި ނިމުނަސް އެކްސްޓްރާ ކްލާސްތައް ނަގައިދިނުމާއި އަނެއް ދުވަހުގެ ފިލާވަޅުތަކަށް ތައްޔާރުވުމާއި، އަދި އިތުރު ހަރަކާތެއް އޮންނަނަމަ ނުވަތަ ޓެސްޓް ދުވަސްވަރު ގާތްވެގެން އަންނަ ނަމަ ހަމަ އެއް ގޮތަކަށް ވެސް ހުސް ވަގުތެއް ނުލިބޭނެ، މިސްކިތައް ދިޔަޔަސް ރަށުތެރޭ އުޅުނަސް ކުދިންގެ ހަރަކާތްތަކަށް އަބަދުވެސް ބެލޭނެ، އެކަމާއި ވިސްނޭނެ” އުނގައްނައި ދިނުމުގެ ދާއިރާގެ މަސައްކަތްތައް ސިފަކުރަމުން އާތިފް ބުންޏެވެ.

photo ()

އޭސީގެ މަސައްކަތް މިހާރު ކުރަމުންދާ އާތިފް، އޮފީސް ގަޑި ނިންމާލުމަށް ފަހު ވަންނާނީ ވަޑާންގެއަށެވެ. ނުވަތަ ނުކުންނާނީ އެއާކަންޑިޝަންގެ މަސައްކަތަށެވެ. އޭސީ މަސައްކަތް ކުރުމަށް ކައިރި ބައެއް ރަށްރަށަށް ވެސް އޭނާ ދަތުރުކުރެވެއެވެ. އޭނާ ބުނާގޮތުންނަމަ ފޯކައިދޫއާއި ދާދި ކައިރީގައި އޮންނަ އެ އަތޮޅު ނޫމަރާއަށް މަސައްކަތު ނުދާ ހަފްތާއެއް މަދުވާނެއެވެ.

އާތިފްގެ އަނެއް ތަފާތަކީ މިސްކިތުގެ މަސައްކަތްތަކަށް އޭނާ ހިތުގައި ދެވިފައި އޮންނަ ހާއްސަކަމެވެ. މިހާތަނަށް އޭނާ ވަނީ އަމިއްލަ ރަށުގެ މިސްކިތްތަކުގެ އިތުރުން އެ އަތޮޅު ނޫމަރާއާއި ފީވަކާއި ބިލެތްފަހީގެ މިސްކިތްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. މިސްކިތެއްގެ މަސައްކަތެއްނަމަ އޭނާ ކުރަމުން އަންނަނީ ހިލޭ ސާބަހަށެވެ. މިސްކިތްތަކުގައި މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް ކަމުގައި ދެކިގެންނެވެ.

އޭސީ އިންސްޓޯލް ކުރުމާއި ސާވިސް ކުރުމުގެ އިތުރުން އެއަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތުން މަހެއްގެ މައްޗަށް އޭނާ އަންނަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.

photo

ތައުލީމީ ދާއިރާގެ ތަޖުރިބާ ވެސް ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން އާތިފް ބުނީ ރާއްޖޭގެ ތައުލީމީ ދާއިރާ މިހާރު ބިނާވެފައި އޮންނަ ގޮތުން ދަރިވަރުން ކިޔަވައިގެން މޮޅެތި ނަތީޖާ ހޯދި ނަމަވެސް މަސައްކަތްތެރިކަމަށް ދަރިވަރުން އެންމެ ބޭނުންވާވަރަށް ފައްކާވަމުން ނާންނަ ކަމަށެވެ. އެއީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަން ސިފަކުރަމުން އޭނާ ބުނީ ތައުލީމާއި ތަރުބިއްޔަތާއި އެއްވަރަށް އަމިއްލަ މަސައްކަތްތަކަށް ކުދިން އަހުލުވެރި ކުރުވައި އެ މަސައްކަތްތަކައިގެން ކުރިއަށް ދިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދޭނެ ޖެހޭ ކަމަށެވެ.

ސްކޫލްތަކުގައި ބީޓެކް އޮންނަކަން ފާހަގަ ކުރަމުން އޭނާ ބުނީ ބީޓެކް ދަރިވަރުންނަށް ބޮޑަށް ދަސްކޮށްދެވެނީ ފަތުރުވެރިކަމާއި ރެސްޓޯރެންޓްފަދަ ތަންތަނުގައި މަސައްކަތް ކުރާނެ ގޮތްތައް ކަމަށާއި، ނަމަވެސް އޭގެ ބަދަލުގައި ރާއްޖެތެރޭގައި ކުރެވިދާނެ ފަދަ ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.

ތަފާތު މަސައްކަތް ދަސްކޮށް، އެ މަސައްކަތްތަކުން އާމްދަނީ ހޯދުމަކީ ވަޒީފާ އަދާކޮށްފައި ލިބޭ ހުސްވަގުތުގެ ބޭނުން ފައިދާ ކުރުވަނިވި ގޮތެއްގައި ހިފުމަށް ހުޅުވޭ ދޮރެކެވެ. އެއީ އާންމު ދިރިއުޅުމުގެ ހާލަތަށާއި މުޅި ގައުމަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމެކެވެ. ދިވެހިންގެ ތެރެއިން ނެތެމުން ގެއްލެމުންދާ މަސައްކަތްތެރިކަމުގެ އާދަ ގައުމުގައި މިއަދު މިވަނީ ދިރުވާ އާލާކުރެން ޖެހިފައެވެ.

Scroll to Top