photo

ބިލެތްފަހީގައި ތަފާތު ގޮތަކަށް އިންތިޒާމް ވެފައިވާ ބޯކޮށުމުގެ ހަރަކާތް

އަހަރެންނަށް ވިސްނިފައި އޮތީ މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބޯކޮށާ ތަންތަން ހުންނާނެ ކަމަށެވެ. ނަމަވެސް ށ.ބިލެތްފަހީގައި މުވައްޒަފުން ލައިގެން ހިންގާ، ބޯކޮށުމުގެ ޖިދުމަތް ފޯރުކޮށްދޭ ތަނެއް ނުހުރެއެވެ. ވުމާއިއެކު އަހަރެންނަށް ކުރެވުނު ހީއަކީ މުޅިން ރަނގަޅު ހީއެއް ނޫންކަން ޔަގީންވިއެވެ. ބޯކޮށާތަނެއް ނެތް ނަމަވެސް ބިލެތްފަހީގައި އެ އިންތިޒާމް ހަމަޖެހިފައި އޮންނަ ގޮތަކީ ވަރަށް ޝައުގުވެރި ވާހަކައެކެވެ.

Share:

މުޅި ރާއްޖެ 1 ތަނަކުން ބަލައިލަން...

އަހަރެންނަށް ވިސްނިފައި އޮތީ މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބޯކޮށާ ތަންތަން ހުންނާނެ ކަމަށެވެ. ނަމަވެސް ށ.ބިލެތްފަހީގައި މުވައްޒަފުން ލައިގެން ހިންގާ، ބޯކޮށުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ނުހުރެއެވެ. ވުމާއިއެކު އަހަރެންނަށް ކުރެވުނު ހީއަކީ މުޅިން ރަނގަޅު ހީއެއް ނޫންކަން ޔަގީންވިއެވެ. ބޯކޮށާތަނެއް ނެތް ނަމަވެސް ބިިލެތްފަހީގައި އެ އިންތިޒާމް ހަމަޖެހިފައި އޮންނަ ގޮތަކީ ވަރަށް ޝައުގުވެރި ވާހަކައެކެވެ.

 

ބިލެތްފަހީގެ އުތުރު ފަރާތު ބީޗުގައި ޒުވާނުންތަކެއް އިސްނަގައިގެން ތަރައްގީ ކޮށްފައިވާ މައިޒާނެއް އޮވެއެވެ. ޖޯލިފަތިތަކާއި ހޮޅުއަށިފަދަ ތަންތަން ހިމެނޭ މައިޒާނަށް އެ ރަށު މީހުން ކިޔާ އުޅެނީ ހިލަ ސިޓީއެވެ. އެތަނުގައި ބޮޑު ލޯގަނޑެއް ހަރުކޮށް ގަސްގަނޑުން ގޮނޑިހަދައި މައިޒާނާއި ގުޅޭގޮތަށް ބޯކޮށާތަނެއް “ހިލަސިޓީ ސެލޫން” ނަމުގައި ހަދާފައި ހުރެއެވެ.

photo

ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ދިހައަކުން ފެށިގެން ބާރައަށް، އެތަނުގައި ބޯކޮށުން ކުރިއަށް ދާނެއެވެ. ރަށުގައި ތިބި ބޯކޮށައިދޭ މީހުން ނުކުމެ އެ ހިދުމަތް ދޭން ތިބޭއިރު، ބޯކޮށަން ބޭނުންވާ އެންމެން އެތަނަށް އައިސް އެ ހިދުމަތް ހޯދާނެއެވެ. އޭގެތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ސްކޫލް ކުދިން ހިމެނޭހެން އެ ރަށުގެ ހުރިހާ އުމުރެއްގެ މީހުން ޝާމިލް ވާނެއެވެ.

photo

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބިލެތްފަހި ކައުންސިލުގެ ނައިބް ރައީސް އަލީ އަސްލަމް ބުނީ އެ ރަށުގައި ބޯކޮށައިދޭ ތަނެއް ނުހުންނަ ކަމަށާއި، ބޯކޮށައިދޭ ފަރާތްތަކަށް ވެސް ހަމަ މީހަކު އައިސް ބޯކޮށައިދޭން އެދުނަސް ކޮންމެ ގަޑިއަކު އެކަން ކޮށްދެވެން ނޯންނާތީ، އެކަން ހައްލުކުރުމުގެ ގޮތުން ޒުވާނުންތަކެއް އިސްނަގައިގެން ބޯކޮށުން ވަކި އިންތިޒާމެއްގެ ތެރެއަށް ފައްތައިގެން ކުރިއަށް ގެންދާ ކަމަށެވެ.

photo

އަސްލަމް އިތުރަށް ބުނީ އީދެއް ކަހަލަ ދުވަހެއް އަންނަ ނަމަ އެކަމާއި ގުޅުވައިގެން ބޯކޮށުމުގެ ދުވަހެއް ގިނަފަހަރަށް ބާއްވާނެ ކަމަށާއި އެފަދަ ހާލަތެއްގައި ރަށުގެ ވައިބާ ގުރޫޕްތަކުގައި ބޯކޮށުން އޮންނާނެ ދުވަހާއި ވަގުތު އަންގައި އިއުލާން ކުރާނެ ކަމަށެވެ.

photo

މިހާރު ހުކުރު ދުވަހުގެ މެންދުރުކުރީގެ ވަގުތަކީ އެ ރަށަށް ވަރަށް ހާއްސަ ވަގުތަކަށް ވަނީ ވެފައެވެ. ބޯކޮށަން ބޭނުންވާ ކުދިން/މީހުން ގެ އިތުރުން އެތަނަށް އެ ވަގުތަށް ގިނަބަޔަކު ޖަމާވެއެވެ. ބޯކޮށާ ނިންމާފައި އެންމެން އެކުގައި މޫދަށް އެރުމާއި ގިނަ ކުދިންތަކެއް އެކުވެ ދުވެ ކުޅެ ހަދާ މާހައުލަކަށް އެތަން ވަނީ ވެފައެވެ. މީގެ އިތުރުން ވެސް ހުކުރު ދުވަހު އެވަގުތު ގިނަބަޔަކު މައިޒާނަށް ނުކުމެ ވާހަކަ ދައްކާލައި ހީ ސަމާސޮށް ހަދައެވެ. ބޯކޮށުމުގެ މި ހަރަކާތް މިއަދު ވެފައި ވަނީ އެ ރަށުގެ އިޖުތިމާއީ ގުޅުން ވަރަށް ބޮޑަށް ރަނަގޅުކޮށްދިން ހަރަކާތަކަށެވެ.

Scroll to Top